އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މާދަމާ މަޖިލީހަށް ހުށަހަޅަނީ
އަވަސް
29 އޮކްޓޯބަރު 2025 | ބުދަ | 11:15
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 2026 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ޖަލްސާ މާދަމާ 9:00 ގައި އޮންނާނެ ކަމަށެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިނގަމުންދާ އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. މި އަހަރަށް ލަފާކޮށް ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.