ރާއްޖެ ގެންނަ 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ނިންމައިފި

އަވަސް

29 އޮކްޓޯބަރު 2025 | ބުދަ | 11:00

ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ދުބާއީގައި ފުރިހަމަކޮށްފި އެވެ.

ޖުމްލަ 56 އެމްބިއުލަންސްތައް ގެންނަން ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް އާއެވެ. އެމްޕީއެލް އިން މިރޭ ބުނީ އެ ކުންފުނިން ރާއްޖެއަށް ގެނައުމަށް ހަވާލުވި އެމްބިއުލަންސްތަކުގެ ތެރެއިން ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސްގެ އިންސްޕެކްޝަންތައް ދުބާއީގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔައީ އެމްޕީއެލްއާއި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި މިއަހަރު ނިމުމުގެ ކުރިން 60 އަށް ވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލަންސް ފޮނުވުމުގެ މަސައްކަތް ސަރުކާރުން ކުރާނެ އެވެ. އެމްބިއުލަންސް ފޮނުވަން ނިންމާފައިވަނީ އެމްބިއުލަންސް ހަލާކުވެފައި ނުވަތަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށް އިސްކަންދީގެންނެވެ.

މައުޟޫޢުތަށް