ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް

އަވަސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 7:07

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 1،804،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު މި މުއްދަތުގައި ޒިޔާރަތްކުރި 1،641،937 ފަތުރުވެރިންނަށްވުރެ 9.9 ޕަސެންޓް އިތުރު އަދަދެކެވެ.

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 1.3 މިލިއަން ފަތުރުވެރިން -- 73.8 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 21.4 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2.6 ޕަސެންޓް އަދި ސަފާރީތަކުގައި 2.1 ޕަސެންޓް ޗުއްޓީ ހޭދަކުރި އެވެ. ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 174 ރިސޯޓާއި 933 ގެސްޓްހައުސްގެ އިތުރުން 163 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.

މައުޟޫޢުތަށް