އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރުގައި އަގުތައް ދަށަށް
އަވަސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:32
ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން މި އަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު ދަށަށް ހިނގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓަށް ބަލާއިރު މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގައި އަގުތައް 0.09 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ،
ސީޕީއައި ރިޕޯޓަށް ބަލާއިރު އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު އަގުތައް އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ. މޭވާގެ އަގު 1.69 ޕަސެންޓް އުފުލުނުއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 0.61 ޕަސެންޓް އުފުލިފައިވެ އެވެ. މި އަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު އަގުތައް ދަށަށް ދިޔަ ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގައި އަގުތައް 3.87 ޕަސެންޓް ވަނީ އުފުލިފަ އެވެ.