ފަގީރުންގެ ދަފްތަރުގައި ތިބި ބައެއްގެ ފްލެޓް ޑައުންޕޭމަންޓް ދައްކައިދެނީ
އަވަސް
30 އޮކްޓޯބަރު 2025 | ބުރާސްފަތި | 1:29
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ބަޔަކަށް ސޯޝަލް ހައުސިން ފްލެޓްތަކުގެ ޑައުންޕޭމަންޓް ޒަކާތު ފަންޑުން ދައްކައިދޭން ނިންމައިފި އެވެ.
ޒަކާތު ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް މީހުންނަށް ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓަށް ޑައުންޕޭމަންޓް ނުދެއްކިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތުން 14 ފަރާތަކަށް ޑައުން ޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ 340،000 ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފައިވެ އެވެ. މި ފައިސާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ދިނުމުގެ ބަދަލުގައި ޖަމާކުރާނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާއަށް ކަމަށްވެސް ޒަކާތު ހައުސް އިން ބުންޏެވެ. އެއަށްފަހު އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.