ހުޅުމާލެ 3ގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

އަވަސް

31 އޮކްޓޯބަރު 2025 | ހުކުރު | 7:20

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުމަށް ބިން ހިއްކަމުން ގެންދާ ސަރަހައްދުގައި މަސައްކަތްތަކަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނަގަން ބޭނުންވާ ކަމަށެވެ. އެޗްޑީސީން އެކުލަވާލި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނޮވެމްބަރު ހަ ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ވަނީ އަންގާފަ އެވެ. މި ގޮތުން ނެގޭ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އެޗްޑީސީން ވަނީ މި މަސައްކަތުގައި އާންމުންނާއި އުޅަނދުތައް ގެންގުޅޭ މީހުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.

މައުޟޫޢުތަށް