ރައީސް މުއިއްޒު، މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވައިފި

އަވަސް

30 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:03

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.

ރައީސް މުއިއްޒު މަސްޖިދުއްދަޢްވާގެ ބިންގާ އަޅުއްވައިދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު، މާފަންނު މުއިވެޔޮދޮށުގެ (ބޮޑުގެ) ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި މިސްކިތަކީ އެއްފަހަރާ 1،250 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް 8،973.33 އަކަފޫޓު ބޮޑުމިނުގައި އިމާރާތްކުރާ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދުކުރާ ސަރަހައްދުގެ އިތުރުން ލައިބްރަރީއަކާ، ތިން ކުލާސްރޫމާ، ކޮންފަރެންސް ހޯލަކާ، އޮފީހެއްވެސް ހިމެނެ އެވެ. މި މިސްކިތް ފަރުމާކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތައް ވަދެނުކުމެ އުޅުމަށް ބޭނުންވާ ވަސީލަތްތަކާވެސް އެކުގައެވެ. މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓަށް ފަންޑު ކުރަނީ މުހައްމަދު އާދިލް، ނިޒާރު އަޙްމަދު، ޒީބާ ސަޢީދު އަދި ރަޙްމަތުﷲ އެވެ.

މައުޟޫޢުތަށް