މުސާރަތަކަށް ގެންނަ ބަދަލު އާންމުކޮށްފި

އަވަސް

31 އޮކްޓޯބަރު 2025 | ހުކުރު | 11:56

މުސާރަތަކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 8 ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ވަނީ ބަދަލު ގެނައުމަށް ނިންމާފަ އެވެ. އެއީ:

ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މާދަމާއިން ފެށިގެން ބޮޑުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. ސިވިލް ސާވިސް ކޮމިޝަނުން އެންމެ ފަހުން މިދިޔަ މެއި މަހު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން، ސިވިލް ސާވިސްގައި 30،436 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

މައުޟޫޢުތަށް