ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއްވެ މީހަކަށް ފަރުވާ ދެނީ

އަވަސް

31 އޮކްޓޯބަރު 2025 | ހުކުރު | 7:00

ސިނަމާލެ ބްރިޖު ހައިވޭގައި ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.

މިއެކްސިޑެންޓް ހިނގީ މިއަދު އިރުއޮއްސި 6:48 ހާއިރު ހުޅުމާލެއިން މާލެއަށް ހައިވޭގައި ދަތުރުކުރި ސައިކަލެއް ޕިކަޕްގައި ޖެހިގެންނެވެ. ސައިކަލު ދުއްވި އުމުރުން 57 އަހަރުގެ ފިރިހެން މީހާއަށް އަނިޔާވުމުން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެ މީހާގެ ބޯ ފަޅައިގެން ގޮސް އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް