ޓޯޗް ރަންގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެ

އަވަސް

2 ނޮވެމްބަރު 2025 | އާދިއްތަ | 6:43

ޓޮބެކޯ ފްރީ ޖެނެރޭޝަން މޫވްމަންޓް އިފްތިތާހް ކުރުމަށް ކުރިއަށްގެންދިޔަ 24 ގަޑިއިރުގެ ޓޯޗް ރަންގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެއްޖެ އެވެ.

ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް ކުރިއަށް ގެންދިޔަ މި ދުވުމަކީ ހެލްތު މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ ދުވުމެކެވެ. ސްޓެލްކޯ އިން ބުނީ ގައުމީ ތަރައްގީއަށާއި މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ފައިދާހުރި މިފަދަ އިޖްތިމާއީ ހަރަކާތްތަކުގައި ފަސްނުޖެހުމެއްނެތި ބައިވެރިވުމުގައި ކުންފުނީގެ މުވައްޒަފުން ދައްކާ ހިތްވަރަށް ސާބަސްދޭ ކަމަށެވެ.

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް އަމަލުކުރަން ފެށީ އިއްޔެ އެވެ.

މައުޟޫޢުތަށް