ވީއައިއޭ މާ ފިނި، އެއީ އިސްރާފެއް: ނަޝީދު
އަވަސް
2 ނޮވެމްބަރު 2025 | އާދިއްތަ | 8:37
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މާ ފިނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ވީއައިއޭގެ ފިނިހޫނުމިން ސެޓްކޮށްފައިވަނީ 15 ޑިގްރީ ސެލްސިއަސް އަށް ކަމަށެވެ. "އެއީ މާ ފިނި އަދި އިސްރާފެއް." ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ފިނިހޫނު މިނަކީ 20 ޑިގްރީ އާއި 25 ޑިގްރީ އެވެ. ނަޝީދުގެ ޕޯސްޓަށް ތާއިދު ކުރި މީހަކު ބުނީ އިންސުލޭޝަން ލީކްވާނަމަ 15 ޑިގްރީ ހާސިލު ނުކުރެވޭނެ ކަމަށާއި ކޮމްޕެސަރުން ހަކަތަ ބޭކާރުވާނެ ކަމަށެވެ. އެހެން މީހަކު ބުނީ މީހަކު ނުބުނާނަމަ ކުދިކުދި ކަންކަންވެސް ނޭނގޭ ކަމަށެވެ. އަދި އެންމެ ރަނގަޅު ފިނިހޫނު މިނަކީ 23 އާއި 24 ކަމަށެވެ.