މައުމޫނާއި ޝަހީދުންގެ އާއިލާތަކަށް ހާއްސަ އައްޑަނައެއް
އަވަސް
2 ނޮވެމްބަރު 2025 | އާދިއްތަ | 2:49
ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނައެއް އެރުވުމަށާއި ނޮވެންބަރު ތިނެއްގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 9:00 ޖަހާއިރު ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ ރަސްމީ ޖަލްސާ ގައެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފް ހައްގު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ހަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ހިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ. ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، ގައުމާ މުޚާތަބު ކުރައްވާނެ އެވެ. އަދި ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫންވެސް ވާހަކަފުޅު ދައްކަވާނެ އެވެ.