ކޮޅުވެއްޓި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
އަވަސް
2 ނޮވެމްބަރު 2025 | އާދިއްތަ | 6:00
އެމްޕީއެލް ބަނދަރު ސަރަހައްދުގެ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ އެމްޕީއެލްގައި 2022 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން އެވެ. ފުލުހުން ބުނީ މިހާދިސާ ހިނގި ވަގުތު ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. މީގެތެރެއިން ހަ މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭއިރު އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީންނެވެ. މަސްއޫދުވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެކަމަކު އޭނާ މަރުވީ ސީދާ ހޮސްޕިޓަލަށް ގެންދިއުމުގެ ފަހުން ކަމެއް އެނގިފައެއް ނުވެ އެވެ. ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 3:44 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ރާއްޖޭގައި މިފަހުން ކޮޅުވެއްޓި ބަންޑުންޖަހާލައި ހިތާމަވެރި ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ.