ޑޮލަރުތައް ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް

އަވަސް

2 ނޮވެމްބަރު 2025 | އާދިއްތަ | 10:50

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބީއެމްއެލްގެ ދެ މުވައްޒަފަކަށް ބިރުދެއްކުމަށްފަހު ލައްކައަކަށް ވުރެ ގިނަ އެމެރިކާ ޑޮލަރު ފޭރުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކުރީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ) އާއި ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) އާއި ހަމަ އެގެއަށް ނިސްބަތްވާ ހުސައިން ޝަހުދު (30އ)ގެ އިތުރުން މ. ކޯރަސް، އަހްމަދު ރައިހާން ނައީމު (20އ) އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ހިންގި ފޭރުމުގެ މި އަމަލާ ގުޅިގެން ޖެހިގެން އައި ދުވަހު މި މީހުން ހައްޔަރުކޮށް މި މީހުންގެ ބަންދަށް ކޯޓުން އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. ފޭރުމުގައި ބޭނުންކުރި ލޯންޗުވެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. ފޭރުނު މީހުން ހައްޔަރުކުރީ ކ. ހުރާ އިންނެވެ.

މައުޟޫޢުތަށް