"ހިތާއި ރޫޙުން އިޖާބަދޭނެ ފަހުލަވާނުން އަބަދުވެސް ތިބޭނެ"

އަވަސް

3 ނޮވެމްބަރު 2025 | ހޯމަ | 8:03

ނޮވެމްބަރު 3، 1988ގައި ރާއްޖެ ދިފާއުކޮށް ދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ ގައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. "1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި މި ޤައުމު ދިފާޢުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިނީ، އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، މި ޤައުމުގެ ސިޔާދަތާއި މިނިވަންކަން އިސްކޮށް، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ހިތާއި ރޫޙުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ ރައީސް މުއިއްޒު ވިދާޅުވީ މާދަމާގެ އުފާފާގަތިކަމަށް ދިވެހީންކުރާ އުންމީދުތަކުގައި ކުލަ ޖައްސައިދޭނީ، ކޮންމެ ދާއިރާއަކުންވެސް ވަތަނުގެ ކުރިއެރުމާއި މަސްލަހަތަށް އިސްކަންދީ، މުރާލިކަމާއެކު ހިދުމަތް ކުރާނޭ އިހްލާސްތެރީން ކަމަށެވެ. ރައީސް މުއިއްޒުގެ ޕޯސްޓްގައި ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރުކުރައްވާފަ އެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

މައުޟޫޢުތަށް