ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ: ދިވެހި ޒުވާނާ ނިޔާވެއްޖެ
އަވަސް
3 ނޮވެމްބަރު 2025 | ހޯމަ | 8:46
އެމްޕީއެލް ބަނދަރު ސަރަހައްދުގެ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވި ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.
ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހު އަބްދުﷲ (25އ) އެވެ. އޭނާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މި ހާދިސާގައި ބިދޭސީއަކުވެސް ވަނީ ނިޔާވެފަ އެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން އެވެ. ފުލުހުން ބުނީ މިހާދިސާ ހިނގި ވަގުތު ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 3:44 ހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.