ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް
އަވަސް
3 ނޮވެމްބަރު 2025 | ހޯމަ | 10:32
ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ އަރުވައިފި އެވެ.
ރައީސް މައުމޫނަށް ނޮވެންބަރު 3ގެ ޝަރަފުގެ ހާއްސަ އައްޑަނަ އެރުވީ މި އަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް މައުމޫނަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ހާއްސަ އައްޑަނަ އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތައުރީފް ހައްގު މަސައްކަތްޕުޅުތަކަށެވެ. ރައީސް މައުމޫނަށް އައްޑަނަ އެރުވުމުގެ ރަސްމިއްޔާތުގައި މައުމޫނުގެ ދަރިކަލުން އަދި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.