ދީނީ އިލްމުވެރިޔާ އިބްރާހިމް ރަޝީދުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
އަވަސް
4 ނޮވެމްބަރު 2025 | އަންގާރަ | 7:38
ދީނީ އިލްމުވެރިޔާ އިބްރާހިމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވެއްޖެ އެވެ.
ސާމިޔާ އަވަހާރަވީ އުމުރުން 73 އަހަރުގައި ރޭ އިރާކޮޅު އެވެ. ސާމިޔާގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ. ސާމިޔާ އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. "ދިވެހިރާއްޖޭގެ ތައުލީމަށާއި ލިޔުންތެރިކަމަށާއި އަދަބިއްޔާތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ އިލްމުވެރިޔާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.