މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ
އަވަސް
4 ނޮވެމްބަރު 2025 | އަންގާރަ | 6:56
މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ރަތްވިލާ މަގު އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުން މާދަމާ ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމަށެވެ. ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، އިސްކަންދަރު މަގު އަދި ބަޑިފަސްގަނޑު މަގު ހިމެނޭ ސަރަޙައްދުންވެސް މާދަމާ މެންދުރުފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. މިކަމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.