ސްޓެލްކޯ އިން ކ. ގުރައިދޫއަށް އިތުރު ޖެންސެޓެއް

އަވަސް

6 ނޮވެމްބަރު 2025 | ބުރާސްފަތި | 8:00

ސްޓެލްކޯ އިން ކ. ގުރައިދޫއަށް އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.

ކ. ގުރައިދޫއަށް ސްޓެލްކޯ އިން ގެންދިޔައީ 1،000 ކިލޯވޮޓްގެ ޖެންސެޓެކެވެ. މިއީ އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކ. ގުރައިދޫއަށް އަންނަމުންދާ ތަރައްގީ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދިޔަ ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު ކ. ގުރައިދޫގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މައުޟޫޢުތަށް