206 މަޝްރޫއެއްގައި ސޮއިކޮށްފި

އަވަސް

6 ނޮވެމްބަރު 2025 | ބުރާސްފަތި | 1:07

އެކި ދާއިރާތަކުން 206 މަޝްރޫއެއްގައި ސޮއިކޮށްފި އެވެ.

ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި ވަނީ ނުވަ ދާއިރާއަކުން 206 މަޝްރޫއުއެއް ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުގެ ދަށުން ދިވެހި ކުންފުނިތަކާ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އަމިއްލަ 53 ކުންފުންޏަކާ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫއުތަކާއެކު 216 މަޝްރޫޢު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސްކަން ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް