ސްޓެލްކޯ އިން އއ. ތޮއްޑޫއަށް އިތުރު ޖެންސެޓެއް
އަވަސް
7 ނޮވެމްބަރު 2025 | ހުކުރު | 9:04
ސްޓެލްކޯ އިން އއ. ތޮއްޑޫއަށް އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.
ތޮއްޑޫއަށް ސްޓެލްކޯ އިން ގެންދިޔައީ 1،000 ކިލޯވޮޓްގެ ޖެންސެޓެކެވެ. މިއީ އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ތޮއްޑޫއަށް އަންނަމުންދާ ތަރައްގީ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދިޔަ ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު ތޮއްޑޫގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.