ތިނަދޫގައި ނަސްރުގެ ދުވަހުގެ މައުރަޒު ހުޅުވައިފި
އަވަސް
7 ނޮވެމްބަރު 2025 | ހުކުރު | 10:00
ގދ. ތިނަދޫ "ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" މިއަދު ހުޅުވައިފި އެވެ.
ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރުގެ އުފަން ރަށް -- ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މައުރަޒު ހާއްސަކޮށްފައިވަނީ 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަސްރާއި ކާމިޔާބީ އަށެވެ. މި މައުރަޒު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. މި މައުރަޒު މިރޭ 8:00 އިން 10:00 އަށް ހުޅުވާފައިވާއިރު މާދަމާ މައުރަޒު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 12:00އަށް، މެންދުރުފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.