ހައްޖު އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ޝަހީމް ސައުދީއަށް

އަވަސް

8 ނޮވެމްބަރު 2025 | ހޮނިހިރު | 7:28

1447 ވަނަ އަހަރުގެ ހައްޖު އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

ސައުދީގެ ހައްޖާއި އުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީގު ބިން ފައުޒާން އަލްރާބިއާގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޝަހީމް ޑރ. ތައުފީގު ބިން ފައުޒާންއާ ބައްދަލުކުރައްވާނެ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަރުކާރާއި ސައުދީ ސަރުކާރާއި ދެމެދު 1447ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓަރު ޝަހީމްގެ ދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވާ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި މިދިޔަ އަހަރުން ފެށިގެން ރާއްޖެ ވަނީ ހިމަނާފަ އެވެ.

މައުޟޫޢުތަށް