އއ. މަތިވެރިއަށް ސްޓެލްކޯ އިން އިތުރު ޖެންސެޓެއް
އަވަސް
8 ނޮވެމްބަރު 2025 | ހޮނިހިރު | 7:41
ސްޓެލްކޯ އިން އއ. މަތިވެރިއަށް އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.
އއ. މަތިވެރިއަށް ސްޓެލްކޯ އިން ގެންދިޔައީ 600 ކިލޯވޮޓްގެ ޖެންސެޓެކެވެ. މިއީ މަތިވެރިއަށް އުމްރާނީ ގޮތުން އަންނަމުންދާ ތަރައްގީ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދިޔަ ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު މަތިވެރީގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ސްޓެލްކޯ އިން ވަނީ އއ. ތޮއްޑޫގެ އިތުރުން ކ. ގުރައިދޫއަށްވެސް އިތުރު ޖެންސެޓް ގެންގޮސްފަ އެވެ.