ތިންވަނަ ކުއާޓަރުގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓް އިތުރުވެއްޖެ
އަވަސް
8 ނޮވެމްބަރު 2025 | ހޮނިހިރު | 7:58
މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ހުރީ 12،807 ގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 12،264 ގަ އެވެ. މިއީ 4.4 ޕަސެންޓް އިތުރުވުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ފްލައިޓް މޫވްމެންޓްގެ ތެރެއިން 11،782 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 1،025 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޝެޑިއުލް ފްލައިޓް ދަތުރުތައް ހުރީ 11،281 ގަ އެވެ. ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކުގެ އަދަދު ހުރީ 983 ގަ އެވެ.