ސްޓެލްކޯ އިން ދިގުރަށަށް ޖެންސެޓެއް
އަވަސް
8 ނޮވެމްބަރު 2025 | ހޮނިހިރު | 9:03
ސްޓެލްކޯ އިން އދ. ދިގުރަށަށް އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.
ސްޓެލްކޯ އިން އެ ރަށަށް ގެންދިޔައީ 320 ކިލޯވޮޓްގެ ޖެންސެޓެކެވެ. މިއީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި، އުމްރާނީ ގޮތުން އދ. ދިގުރަށަށް އަންނަމުންދާ ތަރައްގީއާއި ގުޅިގެން، ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދިޔަ ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ދިގުރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ އިން ވަނީ އދ. ދިގުރަށާއި އއ. ތޮއްޑޫގެ އިތުރުން ކ. ގުރައިދޫއަށްވެސް އިތުރު ޖެންސެޓް ގެންގޮސްފަ އެވެ.