ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްފި
އަވަސް
8 ނޮވެމްބަރު 2025 | ހޮނިހިރު | 11:00
ރާއްޖެއަށް ގާނޫނާ ހިލާފަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގާ މަގާމުން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ކަސްޓަމްސްގެ ދެ ޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި މަހްމޫދު ރިޔާޒާއި އަބްދުﷲ ވަހީދު މަގާމުން މަގާމުން ވަކިކުރީ މިދިޔަ އޮކްޓޫބަރު 29 ވަނަ ދުވަހު އެވެ. ރައީސް ޑރ. މުއިއްޒު އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް"ގެ ތެޔޮ ބޯޓެއްގައި ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސްއަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން މަޖިލީހުން މައްސަލައިގައި ރިޔާޒުގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭތީ، އޭނާގެ މަގާމު އަލުން އިއާދަކުރުމަށް ރައީސް މުއިއްޒަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) އިން ލަފާ އަރުވުމުންނެވެ. އެކަމަކު 241 ކޮމިޓީން އެ މައްސަލަތަކުގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ވަނީ މަހްމޫދު ރިޔާޒުގެ ސީދާ ބައިވެރިވުމެއް އެ މައްސަލަތަކުގައި ނެތް ކަމަށް ނިންމާ، ވަޒީފާ އަލުން އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މިއަދު ލަފާ އަރުއްވާފަ އެވެ. ކޮމިޓީގެ ފަހުގެ ނިންމުމާ އެއްގޮތަށް ރައީސް މިރޭ ވަނީ މަހްމޫދު ރިޔާޒުގެ ވަޒީފާ އަލުން އިއާދަކުރައްވާފަ އެވެ. މަހްމޫދު ރިޔާޒަށް ކުރެވުނު ތުހުމަތުތައް އޭނާ ވަނީ ކުރިންވެސް ދޮގުކުރައްވާފަ އެވެ. މަހްމޫދު ރިޔާޒު މަގާމުން ވަކިކުރުމާއެކު އޭނާގެ ދިފާއުގައި ކަސްޓަމްސްގެ އޭރާއި މިހާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އޭނާ ދަންނަ އެތައް ބަޔަކު ވަނީ މަހްމޫދު ރިޔާޒުގެ ދިފާއުގައި ސޯޝަލްމީޑިއާގައި އަޑުއުފުލާފަ އެވެ.