ސެޕްޓެމްބަރުގެ ނިޔަލަށް 326 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފި

އަވަސް

9 ނޮވެމްބަރު 2025 | އާދިއްތަ | 5:50

މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖެއިން 323.6 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރި 284 މިލިއަން ޑޮލަރުގެ މުދަލަށްވުރެ -- 39.6 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މިއީ 13.9 ޕަސެންޓް އިތުރުވުމެކެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ އެކްސްޕޯޓްގެ ތެރެއިން 211 މިލިއަން ޑޮލަރަކީ ރި-އެކްސްޕޯޓެވެ. އެ ގޮތުން 167.8 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން 104.5 މިލިއަން ޑޮލަރުގެ މަހުގެ ބާވަތް އެކްސްޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް