ސްޓެލްކޯ އިން އުކުޅަހަށް 1،000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް
އަވަސް
9 ނޮވެމްބަރު 2025 | އާދިއްތަ | 6:02
ސްޓެލްކޯ އިން އއ. އުކުޅަހަށް 1،000 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.
މިއީ ލޯކަލް ޓުއަރިޒަމްގެ ދާއިރާއިންނާއި އުމްރާނީ ގޮތުން އުކުޅަހަށް އަންނަމުންދާ ތަރައްގީ އާއި ގުޅިގެން ކަރަންޓުގެ ހިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ގެންދެވުނު ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކުރެވި ކޮމިޝަން ކުރެވުމާއިއެކު އުކުޅަހުގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ އިން ވަނީ އއ. މަތިވެރި އާއި އދ. ދިގުރަށާއި އއ. ތޮއްޑޫގެ އިތުރުން ކ. ގުރައިދޫއަށްވެސް އިތުރު ޖެންސެޓް ގެންގޮސްފަ އެވެ. މި ރަށްރަށުގައިވެސް ޖަނަރޭޓަރު އިންސްޓޯލް ކުރެވި ކޮމިޝަން ކުރެވުމުން އެ ރަށްރަށުގެ ކަރަންޓު ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.