އަތުލައިގެން ބޯޓާއި ޑްރަގު ފުލުހުންނާ ހަވާލުކޮށްފި

އަވަސް

9 ނޮވެމްބަރު 2025 | އާދިއްތަ | 8:00

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެގެން އުޅެނިކޮށް މިމަހުގެ ހަތްވަނަ ދުވަހު އަތުލައިގެން ސްރީލަންކާގެ ބޯޓާއި އެ އުޅަނދުގައި ހުރި 300 ކިލޯގެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެމްއެންޑީއެފް އިން ވަނީ މައްސަލަ ތަހުގީގުކުރަން ސްރީލަންކާގެ ބޯޓާއި އެ އުޅަނދުގައި ހުރި 300 ކިލޯގެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެމްއެންޑީއެފްގެ އެއާކޯ އިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ލަންކާގެ ބޯޓު އަތުލައިގަތީ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަަގަކުރެވިގެން ކޯސްޓްގާޑުގެ އުޅަނދަކުންނެވެ. އެމްއެންޑީއެފުން ގެންގުޅޭ ސަވައިލެންސް ޑްރޯންތަކަކީ ތުރުކީން ހޯދާފައިވާ ޑްރޯންތަކެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާ އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އައްޑޫ ގަމުގައި ސިފައިން ހަދާފައިވާ އެއާ ކޯގެ ފުރަތަމަ ވައިގެ މަރުކަޒު ހުޅުއްވައިދެއްވާފަ އެވެ.

މައުޟޫޢުތަށް