އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރާއި ޚަލީލް ބައްދަލުކުރައްވައިފި
އަވަސް
9 ނޮވެމްބަރު 2025 | އާދިއްތަ | 5:00
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕް ރާމް މޯހަން ނައިޑު، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ކިންޖަރަޕް ރާމް މޯހަން މިއަދު ރާއްޖެ ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ފޮރިން މިނިސްޓްރީގައި ދެ ވަޒީރުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، ސްޓޭޓް މިނިސްޓަރު އަބްދުﷲ ހަމީދާއި، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އައިޝަތު އަޒީމާއާއި، ޖޮއިން ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި ޑިރެކްޓަރު އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވި އެވެ.