15 އަހަރު ވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ބިލް ތަސްދީގުކޮށްފި
އަވަސް
9 ނޮވެމްބަރު 2025 | އާދިއްތަ | 4:00
ކޮލެޖެއްގެ ގޮތުގައި ހިންގާތާ މެދުކެނޑުމެއް ނެތި 15 އަހަރު ވެފައިވާ ތަންތަނަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ދޮރު މިހާރަށް ވުރެ ބޮޑަށް ހުޅުވާލާ، ވަސީލަތްތަކާއި ގާބިލްކަން ހުރި ފަރާތްތަކަށް ދިވެހިރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގައި ޔުނިވަސިޓީ ހިންގޭނޭ ޝަރުތުތައް މުރާޖައާކޮށް އިސްލާހުކުރުމެވެ. ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނެވުނު މި އިސްލާހާއެކު ދިވެހިރާއްޖޭގައި ޔުނިވަސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ޝަރުތެއްގެ ގޮތުގައި އެ މަރުކަޒަކީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި ހިންގާތާ 15 އަހަރު ވެފައިވާ ނުވަތަ ބޭރު ގައުމެއްގެ ޔުނިވަސިޓީއެއްގެ ގޮތުގައި ހިންގަމުން އަންނަތާ 10 އަހަރު ވެފައިވާ މަރުކަޒަކަށްވުން ހިމަނާފައިވެ އެވެ. އަދި ދިވެހިރާއްޖޭގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު، އެ ކޮލެޖެއްގައި ހުންނަންވީ ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ. އެއީ:-
ރައީސުލްޖުމްހޫރިއްޔާ މިބިލް މިއަދު ތަސްދީގު ކުރެއްވުމާއެކު މި ބިލް ގާނޫނަކަށްވެ މިއަދު ވަނީ އަމަލުކުރަންވެސް ފަށާފަ އެވެ.