ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯއިން ވިލިމާލެއަށް އިތުރު ޖެންސެޓެއް

އަވަސް

10 ނޮވެމްބަރު 2025 | ހޯމަ | 2:00

ޕީކް ސީޒަނަށް ތައްޔާރުވުމަށް ސްޓެލްކޯ އިން ވިލިމާލެއަށް އިތުރު ޖެންސެޓެއް ގެންގޮސްފި އެވެ.

ސްޓެލްކޯ އިން ވިލިމާލެއަށް ގެންދިޔައީ 1،200 ކިލޯވޮޓްގެ ޖެންސެޓެކެވެ. މިއީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް އިތުރު ޖެންސެޓެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މި ޖެންސެޓް އިންސްޓޯލްކޮށް ކޮމިޝަން ކުރެވުމާއިއެކު، ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަރަންޓު ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޔަގީންކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ސްޓެލްކޯ އިން ވަނީ އއ. މަތިވެރި އާއި އއ. އުކުޅަހާއި އއ. ތޮއްޑޫ އާއި އދ. ދިގުރަށުގެ އިތުރުން ކ. ގުރައިދޫއަށް އިތުރު ޖެންސެޓް ފޮނުވާފަ އެވެ.

މައުޟޫޢުތަށް