ޗައިނާއިން ފެން ހިންދާ ޕަމްޕުތަކެއް ހަދިޔާކޮށްފި
އަވަސް
10 ނޮވެމްބަރު 2025 | ހޯމަ | 6:00
ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ) ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕުތަކެއް ހަދިޔާކޮށްފި އެވެ.
މި ތަކެތި ރަސްމީކޮށް ހަވާލުކުރުމަށް ހުޅުމާލޭ ސެންޓަރަލް ޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. ސީއެމްއީސީގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށް ދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަ ލިއު ޝިޔައޮޑާ އެވެ. މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ. ސީއެމްއީސީގެ ފަރާތުން މިއަދު ފެން ހިންދާ ހަ ޕަމްޕު ހަވާލުކޮށްފަ އެވެ. މި ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުގައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.