އެމްސީއެސްގެ ހެޑްކުއާޓާސްގެ އާ އިމާރާތް ހުޅުވައިފި
އަވަސް
10 ނޮވެމްބަރު 2025 | ހޯމަ | 6:07
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ހެޑްކުއާޓާސްގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.
ހުޅުމާލޭ ޖަލުގެ ގޯތި ތެރޭގައި ގާއިމުކޮށްފައިވާ މި އިމާރާތް ހުޅުވައި ދެއްވީ މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. ކަރެކްޝަންސްގެ އަމިއްލަ ބިމެއްގައި ފުރަތަމަ ފަހަރަށް ހުޅުވި އެމްސީއެސް ހެޑްކުއަރޓަރސްގެ އިމާރާތަކީ، 2 ފަންގިފިލާގެ މައްޗަށް އެކުލެވޭ، 12،000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެކެވެ. ޖުމްލަ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމި މި އިމާރާތުގައި އެމްސީއެސް ހެޑްކުއާޓާސްގެ 15 ސެކްޝަން އަދި ޑިވިޝަނާއި ކޮމާންޑް ހިމެނޭހެން 170އަށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މަސައްކަތް ކުރާނެ އެވެ.