އޮކްޓޫބަރު މަހު މީރާއަށް ދެ ބިލިއަން ރުފިޔާ

އަވަސް

10 ނޮވެމްބަރު 2025 | ހޯމަ | 6:26

ދައުލަތުގެ ޓެކްސް އިދާރާ -- މީރާއަށް މިދިޔަ އޮކްޓޫބަރު މަހު 2.04 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އާމްދަނީއަށްވުރެ 16.7 ޕަސެންޓް އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް އާމްދަނީ އިތުރުވުން ހިމެނެ އެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އޮކްޓޫބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 1.2 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ އޮކްޓޫބަރު މަހު ލިބުނު އާމްދަނީގެ 60.4 ޕަސެންޓެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކުހުންނެވެ. ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު 172.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ މަހު 138 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 135.9 މިލިއަން ރުފިޔާ މިދިޔަ މަހު ލިބުނެވެ.

މައުޟޫޢުތަށް