އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
އަވަސް
10 ނޮވެމްބަރު 2025 | ހޯމަ | 11:35
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނިކަގަސް މަގުގައެވެ. މިއެކްސިޑެންޓުގައި މަރުވީ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް (19 އ) އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށާއި ތިން މީހަކަށް އަނިޔާވި ކަމަށެވެ. އެކްސިޑެންޓް ހިނގީ ނިކަގަސް މަގުގައި "ވަންވޭ" އާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ރަޔާން މަރުވި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.