ދިވެހި ހައްޖާޖީންގެ 50 ޕަސެންޓް ސައުދީ އެއާލައިންގައި ގެންދަނީ

އަވަސް

10 ނޮވެމްބަރު 2025 | ހޯމަ | 7:00

ދިވެހިރާއްޖެއިން އަންނަ އަހަރު ހައްޖަށްދާ ދިވެހިންގެ ތެރެއިން 50 ޕަސެންޓް މީހުން ސައުދީ އެއާލައިންގައި ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އެވެ. ސައުދީ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިނުން ރާއްޖެ، އިންޑިއާ އަދި ސްރީލަންކާއަށް ކަނޑައަޅާފައިވާ މެނޭޖަރު އިއްސަމް އަލް ހަބްސީ އެވެ. ދިވެހި ހައްޖުވެރިންނަށް ސިއްހީ އެހީތެރިކަން ދިނުމަށްޓަކައި ހައްޖު ކޯޕަރޭޝަނާއި ސައުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ އެކުވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ސައުދީގެ ޖިއްދާގައި މިހާރު ކުރިއަށްދާ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ ސައުދީ އެއާލައިންގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާފަ އެވެ.

މައުޟޫޢުތަށް