"އައްޑޫގެ މިސްކިތަކަށް ގެއްލުން ދިން މީހުންނަށް ފިޔަވަޅު އަޅާނަން"

އަވަސް

10 ނޮވެމްބަރު 2025 | ހޯމަ | 11:00

އައްޑޫ ސިޓީގެ ހިތަދޫގައި ހުރި މިސްކިތަކަށް ގެއްލުން ދިން މައްސަލަ ބަލައި ތަހުގީގުކޮށް އެކަން ކުރި ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރުލް ފާރޫގަށް މިރޭގެ ވަގުތެއްގައި ގެއްލުންތަކެއް ދީފައިވީ ނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއްކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެކަން ކުރި ބަޔަކު ވަނީ މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި، ބައެއް ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށްވެސް ގެއްލުން ދީފަ އެވެ. ފުލުހުން މިމައްސަލައިގެ ތަހުގީގު ފަށާފައި ވަނިކޮށް މިނިސްޓަރު ޝަހީމް ވިދާޅުވީ އައްޑޫގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ ސަމާލުކަމަށް އައިސްފައިވާތީ މައްސަލަ ބަލައި ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އިދާރާތަކުން އަޅާނެ ކަމަށެވެ.

މައުޟޫޢުތަށް