އިމިގްރޭޝަނަށް ބޮޑީ ވޯން ކެމެރާ ހޯދަނީ
އަވަސް
11 ނޮވެމްބަރު 2025 | އަންގާރަ | 8:36
މޯލްޑިވްސް އިމިގްރޭޝަނަށް ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާނުކޮށްފި އެވެ.
އިމިގްރޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ އިދާރާގެ ބޭނުމަށް ބޮޑީ ވޯން ކެމެރާ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ބޮޑީ ވޯން ކެމެރާ ހޯދާ އަދަދެއް އަދި އެ ކެމެރާތަކުގެ ފީޗާތަކުގެ ތަފުސީލު ގެޒެޓްގައި ކުރި އިއުލާނުގައި ހާމަކޮށްފައިނުވެ އެވެ. މި ޕްރޮޖެކްޓްގެ ލިޔެކިޔުންތައް އިމިގްރޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރާނެ ކަމަށް އިއުލާނުގައި ބުނި ނަމަވެސް އިމިގްރޭޝަންގެ ވެބްސައިޓްގައި ޕްރޮކިޔުމެންޓް ޝާއިއުކުރާ ބައިގައި އެންމެ ފަހުން ޝާއިއުކޮށްފައިވަނީ ކޮމްޕިއުޓަރު ސިސްޓަމް ހޯދުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ޝާއިއުކުރި އިއުލާނެކެވެ. އިމިގްރޭޝަނުން ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާނުކޮށްފައިވާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.