ތަރައްގީގެ އުޖާލާ ދުވަސްތަކެއް ހޯދައިދޭނަން: ރައީސް
އަވަސް
11 ނޮވެމްބަރު 2025 | އަންގާރަ | 10:14
ތަރައްގީގެ އުޖާލާ ދުވަސްތަކެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް އަރިސް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ ރައްޔިތުން އެދޭ އަމާޒުތައް ހާސިލުކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ދާނީ މާތްﷲގެ ޙަޟްރަތުން ވާގި އެދިތިބެ އިހްލާސްތެރިކަމާއެކު ކަމަށެވެ. "ދިވެހި ރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމުން، ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސްގެ ޕޯސްޓްގައި ވަނީ ދިވެހި ގައުމު ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުއާކުރައްވާފަ އެވެ.