ރަސްމާލެއިން 15،000 ގޯތި ދޫކުރަން ހުޅުވާލަނީ

އަވަސް

11 ނޮވެމްބަރު 2025 | އަންގާރަ | 2:06

ރަސްމާލެއިން 15،000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މަހުގެ ތެރޭގައި ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިން ގުނަ އަވަސް ކުރައްވާނެ ކަމަށެވެ. އެ ގޮތުން ކުރިއަށް އޮތް ފަސް މަސް ތެރޭގައި ރަސްމާލެއިން 15،000 ގޯތި ދެވޭ މިންވަރަށް ހިއްކައި ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ގޯތިތައް ދޭނީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ މީހުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ ތަފުސީލުތަކާއެކު ގޯތިތަކަށް ކުރިމަތިލާން ހުޅުވާލައްވާނެ ކަމަށެވެ.

މައުޟޫޢުތަށް