ހުޅުމާލެ ފަޅުގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ

އަވަސް

11 ނޮވެމްބަރު 2025 | އަންގާރަ | 2:16

ހުޅުމާލެ ފަޅުގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވި އުޅަނދުން ވަރަށް ބޮޑަށް ދުން އަރާ މަންޒަރު ފެންނަ ފޮޓޯ އަދި ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަލިފާން ރޯވި އުޅަނދާއި ކައިރިކޮށް ޑިންގީއަކަށް ބަޔަކު އަރުވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. އަލިފާން ނިއްވުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔުގެ ފަޔާ ފައިޓަރުން ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މައުޟޫޢުތަށް