ތައިބާ މިސްކިތަށް ގެއްލުންދީފި

އަވަސް

11 ނޮވެމްބަރު 2025 | އަންގާރަ | 2:25

މާލޭގެ މާފަންނުގައި ހުންނަ ތައިބާ މިސްކިތަށް ގެއްލުންދީފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ގަލަކުން ޖަހައި މިސްކިތުގެ ބައެއް ބިއްލޫރިތައް ވަނީ ތަޅާލާފަ އެވެ. މިސްކިތުގެ ބިއްލޫރިތައް ތަޅާލައި ގެއްލުންދިން މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. މާލޭގެ މިސްކިތަކަށް ގެއްލުންދިފައިވާއިރު އައްޑޫ ސިޓީގެ ހިތަދޫގައި ހުރި މިސްކިތަކަށްވެސް ރޭ ބަޔަކު ވަނީ ގެއްލުންދީފަ އެވެ. އެ ގޮތުން ހިތަދޫގައި ހުންނަ މަސްޖިދުލް އުމަރުލް ފާރޫގުގެ ބައެއް ފަންކާ ހަލާކުކޮށްލުމުގެ އިތުރުން ކަރަންޓު ބޯޑަށް ގެއްލުންދީފައިވެ އެވެ.

މައުޟޫޢުތަށް