ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މަންމަ ހައްޔަރުކޮށްފި
އަވަސް
11 ނޮވެމްބަރު 2025 | އަންގާރަ | 4:46
ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މަންމައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިއީ މާލޭ ސަރަހައްދުގައި ހިނގައިގެން އުޅޭ ހާދިސާއެެއް ކަމަށާއި ހާދިސާގެ މައުލޫމާތު މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވަނީ ޖެންޑާ މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓްކޮށްފައިވަނީ ކުޑަ ފިރިހެން ކުއްޖަކަށް، އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެ ކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މައްސަލައިގައި ތުހުމަތުކުރެވޭ 50 އަހަރުގެ މަންމަ އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ޔަގީންކޮށްދެ އެވެ. އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.