މިދިޔަ ހަފުތާގައި މާލެ، ބްރިޖު އަދި ހައިވޭގައި 57 އެކްސިޑެންޓް
އަވަސް
12 ނޮވެމްބަރު 2025 | ބުދަ | 10:01
މާލެ އާއި ސިނަމާލެ ބްރިޖު އަދި ހައިވޭގައި މިދިޔަ ހަފުތާގައި 57 އެކްސިޑެންޓް ހިނގައިފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 2 ވަނަ ދުވަހުން 8 ވަނަ ދުވަހަށް މާލޭގައި 49 އެކްސިޑެންޓް އަދި ބްރިޖާއި ހައިވޭގައި 8 އެކްސިޑެންޓް ހިނގާފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި މި 57 އެކްސިޑެންޓަކީވެސް ކުދި އެކްސިޑެންޓްތަކެެވެ. މި އެކްސިޑެންޓްތަކުގައި 49 ވެހިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކްސިޑެންޓްތަކުގެ ތެރެއިން 44 އެކްސިޑެންޓް ހިނގީ ދުވާލު އެވެ. އަދި 13 އެކްސިޑެންޓް ހިނގީ ރޭގަނޑު އެވެ.