ކުޑަ ކޮންޓްރިބިއުޝަނަކުން އާއިލާގެ މާދަމާގެ ރައްކާތެރިކަން ހިޔާރުކުރައްވާ

އަވަސް

12 ނޮވެމްބަރު 2025 | ބުދަ | 12:52

އަމިއްލަ އާއިލާއެއް ފެށުމަކީ ކޮންމެ މީހެއްގެ ހަޔާތް ވެސް އެތައް ގޮތަކުން ބަދަލުކޮށްލާ ކަމެކެވެ. ތިމާ އިސްކަން ދޭންޖެހޭ ކަންކަން ބަދަލުވެ، ތިމާގެ އެންމެ ފަރުވާތެރި ނަޒަރު ހުއްޓޭނީ ޢާއިލާގެ މެމްބަރުންނަށެވެ. އެމީހުންގެ ރައްކާތެރިކަމާއި، ހިތްހަމަޖެހުމާއި، މުސްތަޤުބަލާއި، ފަސޭހަ އަކީ އެންމެ މުހިންމު ކަންކަމަށް ބަދަލުވެއެވެ. އެކަމަކު މިކަންކަމާ ވިސްނާ ފިކުރުކުރި ނަމަވެސް ދިރިއުޅުމަކީ ވަރަށް އެހެން ކަހަލަ ކަމެކެވެ. ޙަޔާތުގައި އެއްވެސް ކަމަކާ ޔަޤީންކަމެއް ނޯވެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހީވެސް ނުކުރާ ގޮތްގޮތަށް ޢާއިލާއަށްޓަކައި ކުރި އުންމީދުތައް ވިއްސިވިހާލިވެ ހިނގައިދާނެ ގޮތަކަށް ކަން ދިމާވުމަކީ ދުރު ކަމެއް ނޫނެވެ.

އެހެން ނަމަވެސް ހިތަށް ހަމަޖެހުން ލިބޭނެ ގޮތަށް، ދިގު މުއްދަތަށް ޢާއިލާއަށް މާލީ ރައްކާތެރިކަން ގެނުވޭނެ ގޮތެއް އެބަ އޮތެވެ. އެއީ އެލައިޑް ތަކާފުލްއިން ހުށަހަޅާ، އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމާއި ޒިންމާ ހިމެނޭހެން ފަރުމާކޮށްފައިވާ ފެމިލީ ތަކާފުލް ޕްލޭންތަކެވެ. ފެމިލީ ތަކާފުލް ޕްލޭންތަކަކީ ކޮންވެންޝަނަލް ލައިފް އިންޝުއަރަންސްގެ ޝަރީޢާ-ކޮމްޕްލަޔަންޓް އޮލްޓަނޭޓިވް ޕްލޭންތަކެކެވެ. ބޭނުމަކީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ. އަދި ފަހަށް ފައިސާ ރައްކާކުރެވޭނެ ގޮތްތަކެއް ވެސް ހުށަހެޅުމެވެ. މިއީ ޤުދުރަތީ ކާރިސާތަކާއި، ޖިސްމާނީ ނުކުޅެތުންތެރިކަމާއި، ބޮޑު ބަލިމަޑުކަމެއް ތަހައްމަލުކުރަން ޖެހުމާއި، އަދި ޕްލޭން ނަންގަވާފައިވާ ފަރާތް ނިޔާވެއްޖެ ނަމަ ވެސް މާލީ ރައްކާތެރިކަން ހުށަހަޅާ ޕްލޭންތަކެކެވެ. އަދި މި ޕްލޭންތަކުގައި ބައިވެރިންނަށް އެކި ބޭނުންތަކަށް ދިގު މުއްދަތުގެ ސޭވިންގްސް ނުވަތަ ފައިސާ ރައްކާކުރެވޭނެ ގޮތްތަކެއް ހުށަހަޅައިދޭ ސިފަތައް ހުރެއެވެ. އޭގެ ތެރޭގައި ދަރީންގެ މަތީ ތަޢުލީމަށް، އަމިއްލަ ރިޓަޔަމަންޓަށް، ނުވަތަ ޢާއިލާގެ އެހެނިހެން ބޮޑެތި ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަޤްސަދު ވެސް ހިމެނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، މި ޕްލޭންތަކުން ހާސިލުކޮށްދޭ ކަމަކީ ނިޒާމީ ގޮތަކަށް ފައިސާ ރައްކާކުރުމާއި، ދިމާވެދާނެ ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާނެ ގޮތްތަކެއް ފަހިކޮށްދިނުމެވެ. މިއަދު ކުޑަކުޑަ ކޮންޓްރިބިއުޝަން ދައްކައިގެން، މާދަމާއަށް ތައްޔާރުވުމަށް ޢާއިލާއަށް މަގުފަހިކޮށްދެވޭނެއެވެ. އެލައިޑް ތަކާފުލްގެ ފެމިލީ ތަކާފުލް ޕްލޭންތައް ފަރުމާކޮށްފައިވަނީ ތަފާތު ބޭނުންތަކާއި މަޤްސަދުތައް ހާސިލުވާނެ ގޮތަށެވެ. ކުޑަ ދަރިފުޅުގެ ސާނަވީ ސްކޫލުގެ އަހަރުތަކަށް ތައްޔާރުވުމަށް "ސެކަންޑްރީ ސްކޫލް އެކްސްޕެންސެސް ތަކާފުލް" އަދި ދަރިފުޅުގެ މަތީ ތަޢުލީމުގެ ދަތުރު ފެށުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން "ޗައިލްޑް އެޑިއުކޭޝަން ތަކާފުލް" ޕްލޭންތައް މެދުވެރިކޮށް ފަހަށް ފައިސާ ރައްކާކުރެވޭނެއެވެ. ތިމާ ނަގާފައިވާ ލޯނެއް ދައްކާ ނުނިމެނީސް ނިޔާވެއްޖެ ނަމަ އެ ލޯނު އަނބުރާ ދެއްކުމުގެ ބުރަ ޢާއިލާއަށް ފުރޮޅުނަ ނުދިނުމަށް "ޑެޓް ޕްރޮޓެކްޝަން ތަކާފުލް" ޕްލޭނެއް ނެގިދާނެއެވެ. އަދި ތިމާގެ އަމިއްލަ ރިޓަޔަމެންޓަށާއި ނުވަތަ ޢާއިލާއަށް ފަހުން ބޭނުންކުރުމަށް ފަންޑެއް ތައްޔާރުކުރުމަށް "އިންވެސްޓްމެންޓް ތަކާފުލް" ޕްލޭނެއް ޚިޔާރު ކުރެވިދާނެއެވެ. މީގެ އިތުރުން ފްލެކްސިބަލް ގޮތަކަށް ފައިސާ ރައްކާކޮށް، މާލީ ރައްކާތެރިކަން ހޯދާ މާލީ މިނިވަންކަން ކަށަވަރުކުރަން ބޭނުންވާ އަންހެނުންނަށް ޚާއްސަ "ކަމަނަ ތަކާފުލް" ޕްލޭނާއި، އަދި ފައިސާ ރައްކާކުރުމާއިއެކު ކުރު މުއްދަތާ ދިގު މުއްދަތުގެ ލިކުއިޑިޓީ ލިބޭ "ރަންރޭރު ތަކާފުލް" ޕްލޭން ވެސް ޚިޔާރުކޮށްގެން މާދަމާއަށް ތައްޔާރުވުމަށް ޢާއިލާއަށް އެހީތެރިވެދެވޭނެއެވެ. ޙަޔާތުގައި ދިމާވާ ގިނަ ކަންކަމަކީ އުންމީދު ނުކުރާ ވަގުތެއްގައި އުންމީދު ނުކުރާ ގޮތްގޮތަށް ހިނގާފާނެ ކަންކަމެވެ. އެކަމަކު އެކަމާ ހެދި ތިމާގެ ޢާއިލާގެ މާލީ ފުދުންތެރިކަމަށް ބުރޫއަރާކަށް ކޮންމެހެން ނުޖެހެއެވެ. ބުރޫއަރަން ނުޖެހޭ ފަދަ އިންތިޒާމުތައް މިހާރު ވެސް ހަމަޖައްސަން ފެށިދާނެއެވެ. މިއަދު ދައްކަން ފަށާ ކުޑަކުޑަ، ދެމެހެއްޓެނިވި ކޮންޓްރިބިއުޝަނަކީ ޢާއިލާގެ މާލީ ހަމަޖެހުމުގެ ބިންގާ ކަމުގައި ވެސް ވެދާނެއެވެ.

މައުޟޫޢުތަށް