ރާއްޖޭގެ ސިއްހީ ހާލަތު ދެނެގަތުމަށް ދިރާސާއެެއް ހަދަނީ

އަވަސް

12 ނޮވެމްބަރު 2025 | ބުދަ | 5:00

ރާއްޖޭގެ ސިއްހީ ހާލަތު އޮތް ހިސާބު ދެނެގަތުމުގެ ބޭނުމުގައި އަންނަ އަހަރު ދިރާސާއެއް ހަދަން ނިންމައިފި އެވެ.

މިދިރާސާ ހެދުމަށް މިއަދު ހަވާލުކޮށްފައިވަނީ ޔުނިސެފަށެވެ. ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ހާއްސަ މަންދޫބު ޑރ. އެޑްވަޑް އަޑާއީ އެވެ. މިނިސްޓަރު ނާޒިމު ވިދާޅުވީ މި ދިރާސާއަކީ ބައިނަލްއަގްވާމީ ފެންވަރުގައި އާބާދީ އާއި ސިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްހީ ހާލާތާއި، ސިއްހީ ހިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެއް ކަމަށެވެ. މިފަދަ ދިރާސާއެއް ފެށުމުގެ ބޭނުމަކީ ސިއްހީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ދިރާސާގައި އާބާދީގެ ސިއްހަތާއި، ދަރިމައިވުމުގެ ސިއްހަތާއި، ކުޑަކުދިން ހެދިބޮޑުވަމުންދާ މިންވަރާއި، ދިވެހިން އާންމުކޮށް ކައިބޮއެ އުޅޭ ތަކެއްޗާ ބެހޭ މައުލޫމާތު އެއްކުރާނެ އެވެ. މި ދިރާސާ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާއިރު 6،000 ގޭބިސީއަކަށް ދިރާސާކުރާ މީހުން ދިއުމަށް ހަމަޖެހިފައިވެ އެވެ.

މައުޟޫޢުތަށް