ގްލޭރީ ލިފްޓް: ފުރިހަމަ އެކްސެސް ކޮންޓްރޯލް ސިސްޓަމެއް

އަވަސް

16 ނޮވެމްބަރު 2025 | އާދިއްތަ | 10:43

އޮފީސް އިމާރާތެއް ނުވަތަ މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ހުންނަ އިމާރާތެއްގައި ފްލޯތަކަށް އެ ފްލޯތަކުގައި ދިރިނޫޅޭ މީހުން ނުވަތަ އަންއޮތޮރައިޒްޑް މީހުން ލިފްޓުން އެރުމަކީ އާންމު ކަމެކެވެ. އެހެންކަމުން އިމާރާތުގައި ހުންނަ ލިފްޓަކީ ސަލާމަތީ ގޮތުން ރައްކާތެރި އަދި ރަނގަޅު އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ހުންނަ ލިފްޓަކަށްވުން މުހިންމެވެ.

އެފް.ޑަބްލިއު އެލެވޭޓާސް އިން ރާއްޖެއަށް ތައާރަފުކޮށްފައިވާ ޖަރުމަނުވިލާތުގެ މަޝްހޫރު ގްލޭރީ ބްރޭންޑްގެ ލިފްޓްގެ ހާއްސަ އެއް ފީޗާއަކީ އެ ލިފްޓްގައި ހިމެނޭ ފުރިހަމަ އެކްސެސް ކޮންޓްރޯލް ސިސްޓަމެވެ. އެކްސެސް ކޮންޓްރޯލް ސިސްޓަމް ހުންނަ ލިފްޓުން ފްލޯއަކަށް ދެވޭނީ އެކްސެސް ކާޑު ނުވަތަ ޓެގް ޖައްސައިގެންނެވެ. އިމާރާތުގައި އުޅޭ މީހަކު ކަމުގައި ވިޔަސް އޭނާއަށް އެކްސެސް ނޯންނަ ފްލޯއަކަށް ލިފްޓުން ނޭރޭނެ އެވެ. ގްލޭރީ ލިފްޓްގެ ޚާއްސަ އަނެއް ފީޗާއަކީ ވަކި ފްލޯއަކަށް އެކަނި އެކްސެސް އޮންނަ މީހަކު ކާޑު ޖެއްސުމަށްފަހު ފްލޯއަށް ފިއްތަން ނުޖެހޭނެ ކަމެވެ.

އެ ގޮތުން ވަކި ފްލޯއަކަށް އެކަނި އެކްސެސް އޮންނަ މީހަކު، ލިފްޓްގައި ހިމެނޭ އެކްސެސް ކޮންޓްރޯލް ސިސްޓަމްގައި އެކްސެސް ކާޑު ނުވަތަ ޓެގް ޖައްސާލުމުން އޭނާގެ ފްލޯއަށް ފިއްތަން ނުޖެހި ލިފްޓް އޮޓޯމެޓިކުން އެ ފްލޯއަކަށް ދާނެ އެވެ. މީގެ އިތުރުން އެފް.ޑަބްލިއު އެލެވޭޓާސްއިން ގްލޭރީ ލިފްޓް ހަރުކުރަނީ ކެމެރާއަށް ބޭނުންވާ ކެޓް-5 ނުވަތަ ކެޓް-6 ކޭބަލް ހިމަނައިގެންނެވެ. އެހެންކަމުން އިމާރާތުގެ ކޮންޓްރެކްޓަރު ނުވަތަ ގޭގެ ވެރިފަރާތުން ބޭނުންނަމަ، ބޭނުންއިރަކު ފަސޭހަކަމާއެކު ކެމެރާ ހަރުކޮށްލެވޭނެ އެވެ. އެފް.ޑަބްލިއު އެލެވޭޓާސް އަކީ ގްލޭރީ ބްރޭންޑް ލިފްޓުގެ ރާއްޖޭގެ ސޯލް ޑިސްޓިބިއުޓަރެވެ.

މައުޟޫޢުތަށް